logoEN
WAMCO TOP 1
ފުއްގިރި މައްސަލައިގެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިރޭ ގޮތެއް ނިންމަނީ

ފުއްގިރި މައްސަލައިގެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިރޭ ގޮތެއް ނިންމަނީ

އަހުމަދު ޝުރާއު

logo

5/15/2023, 7:32:09 PM

091-yameen-1037x692

ރ. ފުއްގުރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ބޭނުން ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން އެކަމާ ގޮތެއް ނިންމަން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށްފިއެވެ.

THE TRAVELLER AD

އެ މައްސަލައިގެ ހުކުމް އިއްވުން އޮތީ މިރޭ 8:15ގަ އެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި އެންމެފަހުގެ އަޑުއެހުން ބޭއްވީ މިދިޔަ ހަފުތާގަ އެވެ.

ޔާމީން މިރޭގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފެށުމުގެ ކުރިން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދުނު ނަމަވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ބައެއް ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގައި ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

ކޮމެންޓް
ފަހުގެ
HDC