
ދިރާގު ކަސްޓަމަރުންނަށް އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް!
img_md_202102190140201613680820.3688
ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި 200 ޕަސެންޓް ޑޭޓާ ލިބޭނީ އެ ކުންފުނީގެ 75ރ. ގެ މިނީ ޑޭޓާ ބަންޑަލް ނަގާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނާއެކު 75ރ. ގެ ބަންޑަލް ނަގާ ކަސްޓަމަރުންނަށް 1.5ޖީބީގެ ބަދަލުގައި ލިބޭނީ 4.5 ޖީބީ ޑޭޓާ އެވެ.
މި ޕްރޮމޯޝަނަކީ އަންނަ މަހު ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް މެސެޖުކޮށްގެން ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ. މިނީ ޑޭޓާގެ މުއްދަތަކީ ހަތް ދުވަހެވެ.
މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފައެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.