logoEN
Sto top
ޔަހޫދީން ޣައްޒާއަށް ބޮން އަޅައި 12 މީހަކު ޝަހީދު ކޮށްލައިފި

ޔަހޫދީން ޣައްޒާއަށް ބޮން އަޅައި 12 މީހަކު ޝަހީދު ކޮށްލައިފި

އައިޝަތު އިފާޝާ

logo

5/9/2023, 11:18:31 AM

Fvp5PqLWYAAUsM-

ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ 12 މީހުން ޝަހީދުކޮށްލައިފިއެވެ.

Wamco

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުގެ އަމާޒުތަކަށް ކަމުގައެވެ. މި ޙަމަލާގައި މިހާތަނަށް 12 މީހުން ޝަހީދުކޮށްލާފައިވާ ކަން ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޔަހޫދީ ސިފައިންގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. ޙަމަލާތައް ދީފައި ވަނީ ދަންވަރުގެ ވަގުތުގައި ޣައްޒާގެ ރައްޔިތުން ނިދާފައި ތިއްބައެވެ. ޙަމަލާތައް ދިން ވަގުތު ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ މީހުން ދިރިއުޅޭ ޢިމާރާތްތަކުގައި ރޯވެ، އަނދަމުންދާ މަންޒަރެވެ. އަދި، އިވެމުން ދަނީ އެމްބިޔުލާންސްތަކުގެ އަޑެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ވައިގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އިސްލާމިކް ޖިހާދުގެ އިސްވެރިންތަކެއް ކަމުގައިވާ ޖިހާދު ޣައްނަމާއި، ޚަލީލް އަލް-ބަޙްތާނީއާއި، ޠާރިޤް ޢިއްޒުއްދީނަށް ކަމުގައެވެ. މި އުދުވާންތަކުގައި ޣައްނަމް ޝަހީދުކޮށްލާފައިވާ ކަން ކަށަވަރުވެފައިވާ ކަމުގައި ޣައްޒާގައި ހަރަކާތްތެރިވާ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދެ ގަޑިއިރެއް ހާއިރު ވަންދެން ޣައްޒާގެ އެކި އަމާޒުތަކަށް ވައިގެ ޙަމަލާތައް ދީފައިވެއެވެ. އިސްރާޢީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައި މި ވަނީ، އިސްރާޢީލުގެ ސިފައިންނަށް އަމާޒުކޮށް ދެމުންދިޔަ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލަން އިސްލާމިކް ޖިހާދުގެ މުޖާހިދުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ޖަމާޢަތުން އިސްރާޢީލަށް އަމާޒުކޮށް ރޮކެޓާއި މިސައިލް ޙަމަލާތަކެއް ދީފައި ވަނީ، އިސްރާޢީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެ ޖަމާޢަތުގެ އިސްވެރިއަކު މަރުވުމާ ގުޅިގެންނެވެ. އެ ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ޤާދިރު އަދުނާން މަރުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside