
ތިނަދޫއިން ކާޑުގެ ބާވާތްތަށް ނުލިބިގެން އުޅެނީ މޫސުން ގޯސްވުމުގެ ސަބަބުން!
DJI_0470
ގދ ތިނަދޫއިން ކާޑުގެ ބާވަތްތަށް ހުސްވެ ކާޑުގެ ސްޓޮކެއް އެރަށަށް ނުގެންދެވިފައިވަނީ މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ތިނަދޫއަށް ކާޑުގެ ބާވަތްތަށް އެތެރެކުރާ ޑީއެމްއެންއިން ބުނެފި އެވެ.

ޑީއެމްއެންގެ އޮފިޝަލަކު މިއަދު މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުރިން ކާޑުގެ ބާވަތްތަށް ތިނަދޫއަށް ގެންނަނީ އަމިއްލަ ބޯޓެއްގައި ކަމުގައި ވީ ނަމަވެސް މިހާރު ކާޑުގެ ބާވަތްތަށް ރަށަށް ގެންނަމުން ދަނީ ސަޕްލަޔަރު ކަމަށްވާ އެސްޓީއޯއިން ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަށް ލަސްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެސްޓީއޯއިން އެރަށަށް އެތަކެތި ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް އޮޕިޝަލް ވިދާޅުވިއެވެ.
ނަމަވެސް މިއަދާއި ކުރިޔަތް އޮތް ދެ ދުވަހުގެ ތެރޭގައި ކާޑުގެ ބާވާތްތަށް ރަށާއި ހިސާބަށް އެސްޓީއޯއިން ސަޕްލައި ކުރާނެ ކަމަށް ބެލެވޭ ކަމަށް ޑީއެމްއެންގެ އޮފިޝަލް ވިދާޅުވިއެވެ.
ތިނަދޫއިން ކާޑުގެ ބާވަތްތަށް ހުސްވިތާ މިހާރު ވަނީ ދެތިން ދުވަސް ވެފައެވެ.