
Yellow Alert
މޫސުން ގޯސްވެ އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން އެސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި މިވަނީ، މީގެ ކުރިން އެ ސަރަހައްދު ހިމެނޭހެން ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައި ވަނިކޮށެވެ.
އެގޮތުން 18:30 އިން ފެށިގެން 23:30 އާ ހަމައަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އޭގެ ތެރެއިން އައްޑޫ ސިޓީއަށް މިހާރު މިވަނީ ރީނދޫ ސަމާލު ނެރެފައެވެ.
އެގޮތުން އައްޑޫ ސިޓީއަށް 20:30 އިން ފެށިގެން 23:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.