logoEN
Sto top
ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެއްޖެ

ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެއްޖެ

އައިޝަތު އިފާޝާ

logo

4/29/2023, 9:00:52 PM

MNDF

Wamco

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމާ ގުޅިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން މަގުތަކުން ފެން ހިއްކުމާއި ގެތަކަށް އިތުރަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ފަށާފައެވެ.

ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC