![މާލޭގެ ހަތަރު ސަރަހައްދަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ - ސްޓެލްކޯ](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F04%2FUYC_1285.jpg&w=3840&q=75)
މާލޭގެ ހަތަރު ސަރަހައްދަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ - ސްޓެލްކޯ
UYC_1285
މާލޭގެ ހަތަރު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދަށް ކަރަންޓު ދެމުން އަންނަ ސަރުކާރުގެ ކަރަންޓު ކުންފުނި ، ސްޓެލްކޯއިން ބުނެފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ސްޓެލްކޯއިން ރޭ ނެރުނު އިއުލާނެއްގައި ބުނީ މިއަދު ދެ ވަގުތެއްގައި މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ގަލޮޅުގެ ރެހެންދި ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގާއި، ރާދަފަތި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތްމަގު ސަރަހައްދުން މިއަދުގެ ހެނދުނު 10:00 އިން 11:30 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށާއި ހަމަ އެ ވަގުތުގެ ތެރޭގައި މާފަންނުގެ ކަނބާއައިސަރަނި ހިނގުމާއި، ބުރުޒުމަގު އަދި ޝަހީދު އަލީ ހިނގުމުން ވެސް ކަރަންޓު ކެނޑިދާނެ ކަމަށް އެކުންފުނިން ވަނި ބުނެފައެވެ.
މީގެ އިތުރުން ގަލޮޅު އަދި ހެންވޭރުގެ މަޖީދީމަގާއި، ޝަބުނަމް މަގާއި، ކަރަންކާމަގާއި، އަބަދަށްފެހި މަގުގެ އިތުރުން، ހަދީބީމަގާއި ސޯސަން މަގުން މެންދުރު 1:00 އިން 2:30 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭއިރު ހަމަ އެވަގުތުގެ ތެރޭގައި މައްޗަންގޮޅީގެ ޗާންދަނީ މަގާއި، އިސްކަންދަރު މަގު އަދި ދެވިނަ މަގާއި، ނިކަގަސްމަގުގެ އިތުރުން ދިލްބަހާރު މަގުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ކަރަންޓު ކެނޑޭނެ ކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީއެވެ. އެކުންފުނިން ވަނީ މި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.