
ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި
EuWnJG1UYAER2VB
ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމަސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިރސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހިފަހައްޓާފައިވަނީ ދިވެހި ރުފިޔާއިން ބަލާނަމަ 1.1 މިލިއަންއެއްހާ ރުފިޔާއެވެ.
ކަސްޓަމްސްގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފެބްރުއަރީ 12 ވަނަ ދުވަހުގެ ހެނދުނު 7:30 ބަންގްލަދޭޝްގެ ޑާކާއަށް ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ދަތުރު ކުރަން ހަމަޖެހިފައި އޮތް 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ތަފާތު އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މި ފައިސާއަކީ އެތަނަށް ރިޕޯޓްކޮށްފައިވާ ފައިސާ ނޫން ކަމަށާއި، އަތުލާގަތް ފައިސާގެ ޖުމްލަ އަދަދު ދިިވެހި ފައިސާއިން ބަލާނަމަ 1،148،278،27 އަށް އަރާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެމީހާ މިހާރު ވަނީ ހައްޔަރުކޮށް ތަހުގީގު ފަށާފައި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.