އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު ހަވީރު 6 ޖެހުމާހަމައަށް
އަލްފާ އަލީ
4/20/2023, 2:15:42 PM
AX3A1145
1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އޮންކައިކޮށް ފިޠުރު ޒަކާތް ބަލައިގަންނަމުން އަންނަނީ ބަނޑޭރިޕޭ އިންނެވެ.
ރަމަޟާންމަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑާލާފައެވެ.
ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.
ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް މިނިސްޓްރީގެ ހޯލުންނެވެ.
އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.