
Accident
ލަންކާގެ ހެޓިޕޮލާގެ މުނަމަލްދޭނިއާ- ކަޓުޕޮތާ މަގުގައި ހުންނަ އަންގަމުވާ ސަރަހައްދުގައި އިއްޔެ މެންދުރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 11 އަހަރުގެ ސްކޫލް ކުއްޖަކު މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ އެ ކުއްޖާ ދަތުރުކުރަމުން ދިޔަ ބަހުން ފައިބައިގެން ގޮސް ބަހުގެ ފަހަތުން މަގު ހުރަސްކުރަން މަސައްކަތްކުރަނިކޮށް މިނީ ލޮރީއެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާ މަރުވީ ކުލިއާޕިޓިޔާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.
މަރުވެފައިވަނީ ވަލައުވައްޓޭގެ އަނޫކަންހެނާ އަށް ނިސްބަތްވާ އުމުރުން 11 އަހަރުގެ މޮރާގަނޭ މަހާ ވިދްޔަލާގެ ގްރޭޑް 06 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.
މި އެކްސިޑެންޓާ ގުޅިގެން މިނީ ލޮރީގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، ހެޓީޕޮލާ ފުލުހުން ދަނީ އެކްސިޑެންޓްގެ ތަހުގީގު ކުރަމުންނެވެ.