
ފަތުރުވެރިން-850x548
މި ހިނގާ 2021 ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ މިއަދުއެވެ. މިއަދު އެކަނިވެސް ރާއްޖެއަށް 4856 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮޮތުގައި މިއީ މިއަހަރުގެ ރެކޯޯޑް އަދަދެކެވެ. މި ފެބްރުއަރީ މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 30،499 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 30،295 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކްރެއިން އިންނެވެ.
މިހާރު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 3،344 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި ވޭތުވެދިޔަ ހަތަރު ދުވަހު އެކަނިވެސް ރާއްޖެ ދަތުރުކުރި ފަތުރުވެރިންގެ އަދަދު އުޅޭނީ 4000 އުން މަތީގައި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 138،912 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރުތަށް ހުޅުވާލުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ވަމުންނެވެ.