logoEN
Sto top
ގެމަނަފުށި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

ގެމަނަފުށި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

އައިޝަތު އިފާޝާ

logo

4/16/2023, 3:30:54 PM

Gemanafushi

ގއ. ގެމަނަފުށި ސްކޫލްގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

Wamco

ފުލުހުން ވިދާޅުވީ، އެރަށު ސްކޫލްގެ އެދުމުގެމަތިން އެޕްރީލް 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ ސެޝަންގައި، ގެމަނަފުށީގެ ޓްރެފިކާ ގުޅުންހުރި މައުލޫމާތާއި ބައިސްކަލް ދުއްވާއިރު ދަރިވަރުން ސަމާލުކަންދީ ވިސްނަންވީ ކަންކަމާއި، ރޭގަނޑު ބައިސްކަލް ދުއްވާނަމަ އަމަލުކުރަން ޖެހޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، އިންޓަނެޓުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެގޮތާއި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުގައި އާންމުކޮށްގެންނުވާނެ ޒާތީ މައުލޫމާތު ބުނެދީފައިވެއެވެ. އަދި މިފަދަ މައުލޫމާތު ހިއްސާކޮށްފިނަމަ ދިމާވެދާނެ ކަންކަންވެސް މި ސެޝަންގައި ދަރިވަރުންނަށް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމަކީ ކޮބައިކަމާއި އެކަން ކަމުން ދުރުހެލިވެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި ރިވެތި އަދަބުތަކާއި ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންގައި އެ ސްކޫލްގެ 92 ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside