logoEN
Sto top
މާމެންދޫ މާރާމާރީ: އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

މާމެންދޫ މާރާމާރީ: އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

އަހުމަދު ޝުރާއު

logo

2/15/2021, 5:16:07 PM

img_3090.jpg

މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.

Wamco

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައި އެވެ. އަދި އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައި ވަނީ ޓްރީވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް ފުލހުންގެ މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މާރާލާފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެވެ. އަދި އެހަމަލާގައި އުދައްޔުގެ އިތުރުން އޭނާ ބޭބެއަށްވެސް ވަނީ ހަމަލާދީފައި އެވެ. އެހެން ނަމަވެސް އޭނާގެ ބޭބެގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނައަށް ފަރުވާދެމުން އަންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

މަރާލި އުދައްޔުގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ފަސްމީހަކު ހައްޔަރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside