
އަރިދަފުސް ރޯގާއާއި ކޮވިޑްގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
l_2022_02_06_104123_fg9orcepx1l386awbtjv2q5z4n7dmshkyui_EN_
ކޮވިޑް-19 އާއި، އަރިދަފުސް ރޯގާ އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑްގެ އިތުރުން، ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުމުގެ ފުރުޞަތު އޮތުމާއެކު ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެޗްޕީއޭއިން ވަނީ، މިދުވަސްވަރަކީ ސުކޫލް ޗުއްޓީއާއި ޢީދު ބަންދަށް ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރެއްކަމަށްވުމުން، އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިިޔަވަޅުތައް އެޗްޕީއޭއިން ވަނީ ޢާންމުކުރައްވާފައެވެ.
އަރިދަފުސް ރޯގާއާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްޙީ އެހީތެރިއެއްގެ ލަފާހޯދުން
އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާނާނެހެން ރަނގަޅަށް މާސްކް އެޅުން
އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ުނުދިޔުން
ސައިބޯނިލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން
ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުން
ކޮވިޑް ވެކްސިން ފުރިހަމަކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަކުރުން
އަރިދަފުސް ރޯގާއާއި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
ބަލީގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުން
ގައިދުރުކަން ބެހެއްޓުން
ދަތުރު ކުރުމަށްފަހު ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން
އަރިދަފުސް ރޯގާއާއި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާއްމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން އެޅިދާނެ ފިޔަވަޅުތައް:
އަތް ސާފުކުރެވޭނެހެން ސެނިޓައިޒަރ ބެހެއްޓުން
ފަސިންޖަރުން ފޭބުމުން، އަތްލާ ތަންތަން ސާފުކުރުން
އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑްރައިވަރުން މާސްކު އެޅުން
އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ފާއިތުވި ހަފްތާ މާލޭ ސަރަހައްދުން ކޯވިޑްގެ 73 ކޭސް އަދި އެހެން ސަރަހައްދުތަކުން 11 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 185،894 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
.gif&w=3840&q=75)



