logoEN
Sto top
މަދަނީ ޖަމިއްޔާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަދަނީ ޖަމިއްޔާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

81144831_142874833803128_3983473822194991104_o

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Wamco

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން "އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް"ގެ ނަމުގައި، މިކަމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފައިވަނީ ނިމިދިޔަ ޖަނަވަރީ 13ވަނަ ދުވަހުގައެވެ.

މި ޕްރޮޖެކްޓްގައި މާލީ އެހީތެރިކަމަށް އެދި ހުށައެޅެނީ "ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު"ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާތަކަށެވެ. މިޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ކުރިން ހުޅުވާލީ މިހިނގާ ފެބްރުއަރީމަހުގެ ނިޔަލަށެވެ. މިހާރު މިމުއްދަތުވަނީ އަންނަ މަރިޗް މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މުއްދަތު އިތުރުކުރަން ނިންމާފައިވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަދަނީ ޖަމްޢިއްޔާތަކަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށް، އަތޮޅު ނުވަތަ ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. އެއީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގައި އެހީގެ ގޮތުގައި 200000 ރުފިޔާއާ ހަމައަށް އަދި ސްމޯލް ގްރާންޓްގެ އެހީގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށެވެ.

މި އެހީތެރިކަމުގެ އުސޫލުގައި ވާގޮތުން ޖަމިއްޔާތަކަށް އެހީ ދެވޭ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްގެންދޭތޯ ބެލުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން ކުރިއަށްގެންދާނެއެވެ. އަދި މި އެހީއަކީ ޤައުމީ ތަރައްޤީގައި ޖަމިއްޔާ ޖަމާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރުދީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްދޭ އެހީއެއްކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside