logoEN
Sto top
ވޯގް މަޖައްލާގެ އެންމެ އުމުރުން ދުވަސްވީ މޮޑެލްއަކަށް ފިލިޕީންސް އަންހެނެއް

ވޯގް މަޖައްލާގެ އެންމެ އުމުރުން ދުވަސްވީ މޮޑެލްއަކަށް ފިލިޕީންސް އަންހެނެއް

އައިޝަތު އިފާޝާ

logo

3/31/2023, 9:03:19 PM

http___cdn.cnn.com_cnnnext_dam_assets_230331100821-01b-philippines-vogue-oldest-cover-model-crop

ގިނަ ބައެއްގެ މެދުގައި މަގުބޫލު މަޖައްލާއެއް ކަމަށްވާ "ވޯގް" ގެ ފިލިޕީންސް އިން އެ މަޖައްލާގެ އޭޕްރީލް މަހުގެ އަދަދުގައި އެ ފިލިޕީންސް އަށް ނިސްބަތްވާ އުމުރުން 106 އަހަރުގެ ޓެޓޫ އާޓިސްޓެއް ކަމަށްވާ އަޕޯ ވާންގް-އޯޑް ހާމަކޮށްފައިވާއިރު، މިއީ ވޯގްގެ ފްރޮންޓް ޕޭޖްގައި މިހާތަނަށް ހިމަނާފައިވާ އެންމެ އުމުރުން ދުވަސްވީ މީހާއެވެ.

Wamco

މާރިއާ އޮގޭގެ ނަމުން މަޝްހޫރުވެފައިވާ ވާންގް-އޯޑް، ޓެޓޫ ޖެހުމުގެ ހުނަރު ކުޑައިރުން ފެށިގެން ދަސްކުރަމުން ދިޔައެވެ. އަދި އޭނާގެ ބައްޕައަކީވެސް ޓެޓޫ އާޓިސްޓެއް ކަމަށްވުމުން ބައްޕަގެ ފަރާތުން ޓެޓޫ ޖެހުމުގެ ހުނަރު އިތުރަށް ފުރިހަމަ ކުރަމުން އޭނާ ދިޔައެވެ.

ފިލިޕީންސްގެ ކަލިންގާ ޕްރޮވިންސްގެ މެނީލާގެ އުތުރުން ގާތްގަނޑަކަށް 15 ގަޑިއިރު ދުރުގައި އޮންނަ ފަރުބަދައިގެ އަވަށެއް ކަމަށްވާ ބުސްކަލަންގައި ދިރިއުޅެމުން އަންނަ ވާންގް-އޯޑް އަކީ އެ ގައުމުގެ އެންމެ ދުވަސްވީ މަމްބާބަޓޮކް، ނުވަތަ އާދަޔާ ހިލާފު ކަލިންގާ ޓެޓޫ ޖެހުމުގެ ހުނަރުވެރިއެކެވެ.

އެންމެ ކުރިން، އެ ޓެޓޫ ޖެހުމުގައި އޭނާ ބޭނުންކުރީ، ޒަމާނުއްސުރެން ފެށިގެން ބޭނުން ކުރަމުންދިޔަ އޮނުން ހަދާފައި އޮންނަ ކަށްޓަކާއި، ފެނާއި ކޯލް ބޭނުންކޮށްގެން ހަދާފައި ހުންނަ ކުލައިންނެވެ.

އޭނާގެ ސިގްނޭޗާ ޖިއޮމެޓްރިކް ޑިޒައިންތައް، އިންޓަނޭޝަނަލް ވިޒިޓާސްގެ މެދުގައި ވަނީ މަގުބޫލުވެފައެވެ. އެގޮތުން އެސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އޭނާގެ މަގުބޫލުކަށް ބޮޑުވެ އޭނާއަށް އެކަމުން އެކަށޭނެ އާމްދަނީއެއް ލިބޭ ކަމަށްވެސް ވޯގް ފިލިޕީންސްގެ އޭޕްރީލްގެ މަޖައްލާގައި ބުނެފައިވެއެވެ.

އޭނާގެ މި ފަންނަކީ ހަމަ އެކަނި އާއިލާއަށް ފޯރުކޮށްދެވޭ އެއްޗެއް ކަމަށާއި އެ ހުނަރު އޭނާގެ މާމަ ދަރިންނަށް އޭނާ ވަނީ ދަސްކޮށްދޭން ފަށާފައެވެ.

އަދި މިހާރު އޭނާ އަކީ މި ހުނަރު ފުރިހަމައަށް އުނގެނިފައިވާ މީހުންގެ ތެރެއިން ހަމަ އެކަނި ދުނިޔޭގައި މިވަގުތު ހުރި މީހާ ކަމަށާއި، އޭނާއާއެކު އެ މަސައްކަތުގައި އުޅުނު އޭނާގެ ރަހްމަތްތެރިންނާ އާއިލާ މީހުން މިހާރު މަރުވެފައިވާ ކަމަށް ވާންގް-އޯޑް ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC