![ތިނަދޫ ގޮނޑުގައި ރޯވެ އަނދަނީ، ދުމުގެ އަަސަރު މުޅި ރަށުތެރެއަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Ftnd-gondu.jpg&w=3840&q=75)
tnd gondu
ގދ. ތިނަދު ގޮނޑުގައި ރޯވެ، ވިހަ ދުން މުޅި ރަށުތެރެއަށް ފެތުރިއްޖެ އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ތިނަދޫ އިން "ގާފު" އޮންލައިން އަށް މައުލޫމާތު ދެއްވި މީހަކު ބުނީ، ގޮނޑުގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިއު އަށް ގުޅާލުމުން އަލިފާން ނިއްވޭނީ ކައުސިލުން ގުޅުމުން ކަމަށް ފަޔަރުން ބުނި ކަމަށެވެ.
"ކައުންސިލަށްވެސް ރިޕޯޓްކޮށްފިން. ފުލުހަށްވެސް ފަޔަރަށްވެސް ގުޅައިފިން. ފަޔަރުން އައިސް އެޓެންޑްވެފަ ބުނީ ކައުންސިލުން ގުޅީމައޭ ނިއްވޭނީ" - ތިނަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތިނަދޫ ގޮނޑުގައި ރޯވެ މުޅި ރަށުތެރެއަށް ދުމުގެ އަސަރުކުރުމީ މިހާރު ކޮންމެ ދުވަހަކުވެސް ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި އެސަރަހައްދުން ބާރު ގޮވުންތަކުގެ އަޑުތައްވެސް ދަނީ އިވެމުންނެވެ.
އެސަރަހައްދުގައި ބައެއް އާއްމު ރައްޔިތުންނާއި ކައުންސިލްގެ ބައެއް މެމްބަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އަލިފާން އަދި ދުންގަނޑު ކޮންޓްރޯލްކުރުމަށް އަދި އެއްވެސް މަސައްކަތެއް ފަށާފައިނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިރޭ 1 ޖަހާކަންހާއިރު މުޅި ރަށުތެރެއަށް ދުން ފެތުރިފައިވާއިރު، އަދިވެސް ދުންގަނޑު ކޮންޓްރޯލްވެފައެއް ނުވެއެވެ.