![ފެން ކުންފުނީގެ އެމްޑީ ޝާހުވެސް ޖޭޕީ ދޫކޮށް ރައީސް ސޯލިހު ފަޅިއަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fl_161111763559y2VT.jpeg&w=3840&q=75)
ފެން ކުންފުނީގެ އެމްޑީ ޝާހުވެސް ޖޭޕީ ދޫކޮށް ރައީސް ސޯލިހު ފަޅިއަށް!
l_161111763559y2VT
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ޖޭޕީ އިން އިސްތިއުފާ ދެއްވައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ހަސަން ޝާހު އަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން އެޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޝާހު ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުޙައްމަދުގެ ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައިވަނީ ހަމަޖެހުމާއި، އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ތަރައްޤީއެއް ކަމަށެވެ.
"ވީމާ 2023 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އަޅުގަނޑު ތާއީދުކުރާތީ ތިޔަ ޕާޓީގެ ކައުންސިލް މެމްބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަދި ޖޭޕީގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި އިހްތިރާމާއެކު ދެންނެވީމެވެ. - ޝާހު
ޝާހު ޖޭޕީން ވަކިވެވަޑައިގެން ރައީސް ސޯލިހް ފަޅިއަށް އެރިއިރު، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމްވެސް ވަނީ ރައީސް ސޯލިހުއަށް ތާއީދުކުރައްވައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާދެއްވާފައެވެ.