![އޮންއެރައިވަލް ވިސާގައި ދިވެހިންނަށް މިހާރު އޮމާނަށް ދަތުރުކުރެވޭނެ!](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fbig_AHDrHg6cpdTBsmYZ1AQienNij.jpg&w=3840&q=75)
އޮންއެރައިވަލް ވިސާގައި ދިވެހިންނަށް މިހާރު އޮމާނަށް ދަތުރުކުރެވޭނެ!
big_AHDrHg6cpdTBsmYZ1AQienNij
ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މިހާރު އޮމާނަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ފޮރިން މިނިސްޓްރީން ވިދާޅުވީ، މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ތިބެވޭނެ ކަމަށެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރާ މީހުންގެ ޕާސްޕޯޓްގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަން ޖެހެއެވެ. އަދި އޭގެ އިތުރުން ދުރާލައި ހެދިފައިވާ ހޮޓެލް ބުކިންގ އަކާއި ރިޓާން ޓިކެޓްވެސް ނެގިފައި އޮންނަން ވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އޮމާނުން ދިވެހިންނަށް ވިސާ ލުއިކޮށްދޭން ނިންމުމާއެކު ފޮރިން މިނިސްޓްރީން ވިދާޅުވީ، އެކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ ރަމްޒެއް ކަމަށާއި އަދި މިކަމަކީ އޮމާނުން ރާއްޖެއަށް ކުރާ އިހުތިރާމް ދައްކުވައިދޭ ކަމެއް ކަމަށެވެ.