![ޖޭޕީ ދޫކޮށް ވަލީދާ ރައީސް ސޯލިހުގެ ފަޅިއަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fbig_0zwkgqmONodY69CMnbhqgJdrv.jpg&w=3840&q=75)
big_0zwkgqmONodY69CMnbhqgJdrv
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު އެ ޕާޓީން ވެކިވެވަޑައިގެން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ވަލީދާ އަކީ 2011ވަނަ އަހަރުން ފެށިގެން ޖޭޕީގެ މެމްބަރެކެވެ. އޭނާ ޕާޓީން ވަކިވެވަޑައިގަތީ އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމެވުމާ ގުޅިގެންނެވެ.
ވަލީދާ ބުނެފައި ވަނީ އޭނަ ޖޭޕީއާ ފެއަށް ޖެހި، ރައީސަށް ތާއީދުކުރަން ނިންމީ ރައީސްގެ ސިޔާސުތަކަށް ތާއީދުކުރާތީ ކަމަށާއި ރައީސަށް ދެވަނަ ދައުރެއް ދޭން ވެސް ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އޭނަ ބުނި ގޮތުގައި އަމިއްލަ އެ ނިންމުމަކީ އެއްގޮތަކަށް ވެސް މަގާމެއްގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫނެވެ.
ވަލީދާ ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް ސަރުކާރާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ވަލީދާ އަކީ ދެ ދައުރަކަށް ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސްކަން ވެސް ކޮށްފައިވާ މީހެކެވެ.