![ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވާން އެމްއެފްޑީއޭއިން އެދިއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fgettyimages-1398093377.jpg&w=3840&q=75)
gettyimages-1398093377
ލޮލަށް އަޅާ 4 ބޭހަކާއި މެދު ސަމާލުވުމަށް މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އެދިއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެމް.އެފް.ޑީ.އޭއިން ސަމާލުވުމަށް އެންގި ބޭސްތަކުގެ ތެރޭގައި އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހެއް ހިމެނެއެވެ.
މިއީ އެމެރިކާގެ ކުންފުނިތަކަކުން އުފައްދާ ބޭސްތަކެކެވެ. މި ބޭސްތައް ޔުނައިޓެޑް ސްޓޭޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފް.ޑީ.އޭ)އިން ވެސް ވަނީ އެލާރޓްކޮށް ރީކޯލް ކޮށްފައެވެ.
އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ވަނީ ލޮލަށް އެޅުމަށް ބޭނުންކުރާ މި ބޭސްތަކަކީ އިމްޕޯރޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށް ބުނެފައެވެ. އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން މި ބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމް.އެފް.ޑީ.އޭ އިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯރޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަށެވެ.