
_DSC2081
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް މާލެ ގެނައުމަށް ނިންމާފައި އޮތް ނަމަވެސް މިއަދު އެމަނިކުފާނު މާލެ ގެނައުން ކެންސަލް ކޮށްފިއެވެ.

ރައީސް ޔާމީން މާލެ ގެނައުން ކެންސަލް ކޮށްފައިވަނީ އެމަނިކުފާނުގެ ވަކީލުންގެ އެދުމުގެ މަތިން ކަމަށް ވަކީލުންގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައިއެވެ.
މިއަދު ފުލުހުންގެ އިދާރާއާށް ރައީސް ޔާމީން ގެނައުމަށް ނިންމާފައިވަނީ މިހާރު ކުރިޔަށްދާ ތަހުގީގުތަކާއި ގުޅުންހުރި ލިޔެކިޔުންތަށް ހަވާލުކުރުމަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދިޔުމަށް ވެސް އޮތީ ނިންމާފައިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ފަސްއަހަރުގެ ޖަލު ހުކުމެއް އިއްވާފައިއެވެ. އަދި އެހުކުމަށް ހައިކޯޓުން ވަނީ ތާޢީދުކޮށްފައިއެވެ.