
.jpg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)


_DSC2074
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ނިންމައިފި އެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އެގޮތުން އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ނިންމައިފައިވުމާއި އެކު ފުލުހުން މިހާރު ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ސަރަހައްދު ބަންދުކޮށްފައިއެވެ.
ތަހުގީގަށް ފަހު އެމަނިކުފާނު ގެކޮޅަށް ގެންދަނީ ކިހާއިރަކު ކަމެއް އަދި ގެކޮޅަށް ގެންދަނީ ކޮން ބޭނުމަކު ކަމެއް ނޭނގެ އެވެ. އަދި މިއަދު ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ކޮން މައްސަލައަކާއި ގުޅިގެން ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ފަސްއަހަރުގެ ޖަލު ހުކުމެއް އިއްވާފައިއެވެ. އަދި އެހުކުމަށް ހައިކޯޓުން ވަނީ ތާޢީދުކޮށްފައިއެވެ.

.jpg?w=3840&q=75)

.png?w=3840&q=75)

.jpg?w=3840&q=75)

.png?w=3840&q=75)
