![ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2FScreenshot-2023-03-21-at-17.27.31.png&w=3840&q=75)
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
Screenshot 2023-03-21 at 17.27.31
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހުކުރު ދުވަހު ހަވީރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އިދިކޮޅުގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސް އެވެ.
ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާކުރަން ތިބި އިދިކޮޅު ކޯލިޝަންގެ މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.
އެ މައްސަލައިގައި ފުލުހުން ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާއިރު ބާކީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ. ހޯމަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.