![ޕެންޝަން މުޒާހަރާތަކާ ގުޅިގެން ރަސްގެފާނު ޗާލްސްގެ ފްރާންސް ދަތުރުފުޅު ފަސްކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fking-charles-1-6066004-1663038332526.jpeg&w=3840&q=75)
ޕެންޝަން މުޒާހަރާތަކާ ގުޅިގެން ރަސްގެފާނު ޗާލްސްގެ ފްރާންސް ދަތުރުފުޅު ފަސްކޮށްފި
king-charles-1-6066004-1663038332526
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ފަރަންސޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރިޕޯޓުތަށް ބުނާގޮތުގައި ރަސްގެފާނު ޗާލްސްގެ މި ދަތުރުފުޅު ފަސްކުރެއްވީ ރައީސް އެމަނުއެލް މެކްރޮންގެ އާ ޕެންޝަން ގާނޫނާ ގުޅިގެން އިޖުތިމާއީ ހަމަނުޖެހުންއުފެދި ފާއިތުވި އަހަރުތަކުގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގި އެންމެ ނުރައްކާތެރި މަގުމަތީ ހަމަނުޖެހުންތައް މިހާރު ކުރިޔަށް ދާތީއެވެ.
އިނގިރޭސި ވިލާތުގެ ރަސްގެފާނާއި އަނބިކަނބަލުން މިހާރު ފަސްކުރައްވާފައިވާ މި ދަތުރުފުޅަކީ ރަސްގެފާނުގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ މައިދާނުގައި ޗާލްސް ކުރައްވާ ފުރަތަމަ ބޮޑު ދަތުރުފުޅެވެ.
މި ދަތުރުފުޅު ފަސްކުރެެއްވިކަން ބަކިންގހަމް ޕެލެސްއާއި ފްރާންސުންވެސް ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ،
ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ ޗާލްސްގެ ދަތުރުފުޅު ހޫނު މޫސުމުގެ ކުރީކޮޅު އަލުން ތާވަލު ކުރައްވާނެ ކަމަށެވެ.