logoEN
ކޮކާކޯލާ
ޓޮޓެންހަމް ބަލިކޮށް ސިޓީ ތާވަލުގެ އެއްވަނައަށް

ޓޮޓެންހަމް ބަލިކޮށް ސިޓީ ތާވަލުގެ އެއްވަނައަށް

4015

ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ސިޓީ ޕްރެމޔާ ލީގުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ .

އަބުޅޯ

މިމެޗު ސިޓީއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޕެނަލްޓީއެއްގެ ފައިދާ ނަގައިގެން ރޮޑްރީ އެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑާރ ގުންޑޮގަން ވަނީ ސިޓީ އަށް ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ . މި ގޯލާއި އެކު ޓޮޓެންހަމް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގައި ސިޓީ ގެ ގޯލަށް ނުރައްކާކޮށްފައެވެ . ނަމަވެސް ލިބުނު ފުރުސަތްތަކުގައި ބޭނުން ނުހިފި އެ ފުރުސަތްތަށް ބޭކާރުވި އެވެ . ސިޓީ ގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ގޮންޑޮގަން އެވެ . މި ގޯލު ކާމިޔާބުކުރީ ދެވަނަ ގޯލު ޖެހިތާ ސޯޅަވަރަކަށް މިނެޓު ފަހުންނެވެ .

މި މޮޅާ އެކު ސިޓީ އޮތީ 53 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. އެޓީމަށް ވުރެ ހަތް ޕޮއިންޓް ފަހަތުން ލީގުގެ ދެ ވަނައިގައި އޮތީ މިއަދު ލިވަޕޫލް އަތުން މޮޅުވި ލެސްޓާ ސިޓީ އެވެ. ލީގުގެ ތިން ވަނައިގައި 45 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.

މިއީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ސިޓީ މޮޅުވި 16 ވަނަ މެޗެވެ. ލީގުގައި އެޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް އަތުންނެވެ. ސީޒަނުގެ ކުރީކޮޅު ފޯމު ދަށްވި ނަމަވެސް ސިޓީ އަކީ މިވަގުތު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމެވެ .

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ