![ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2FVillimale-Aerial-copy.jpg&w=3840&q=75)
Villimale-Aerial copy
ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދަންވަރު 1:33 ހާއިރެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އައިޝަތު ޒޯޔާ ނަމަކަށް ކިޔާ އެކުއްޖާ ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުން ފެށިގެންނެވެ.
ފުލުހުން ވިދާޅުވީ، ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.