
ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
Villimale-Aerial copy
ވިލިމާލެއިން ކުޑަކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިފިއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލެއިން ގެއްލިގެން ހޯދަމުންދަނީ 13 އަހަރުގެ ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 1:33 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ގެއްލިގެން ހޯދަމުންދަނީ އައިޝަތު ޒޯޔާ ފިކުރީ ނަމަކަށް ކިޔާ ކުއްޖެކެވެ. ޒޯޔާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ފުލުހުން ވިދާޅުވީ ކުއްޖާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އެ މުވައްސަސާއިން ކުރަމުންދާކަމަށެވެ.