logoEN
cocacola
އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފި - މަޙްލޫފް

އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފި - މަޙްލޫފް

އައިޝަތު އިފާޝާ

logo

3/18/2023, 2:45:42 PM

Mahloof

އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފިކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހްލޫފް މިފަދައިން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ގޮސިޔާ

އެ ހަފްލާގައި ވާހަަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވަނީ ނިމިދިޔަ 2022 ވަނަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެއްގެ ގޮތުގައި ސިފަކޮށްފައެެވެ. އެގޮތުން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިސްލާމިކް ސޮލިޑެޓަރީ ގޭމްސްގައި ހޯދި ބްރޯން މެޑަލްކަމަަށެވެ.

އަދި މިދިޔަ އަހަރު ބީޗް ވޮލީ ޓީމުން ހޯދި ރަން މެޑަލްއަކީ މިހާތަނަށް ރާއްޖެއަށް ވޮލީ ބޯޅައިން ލިބުނު ފުރަތަމަ ރަން މެޑަލްކަމަށާއި، ދުނިޔޭގެ ބޮޑީ ބިލްޑިންގ ޗެމްޕިއަން ޝިޕެއްގައި ބޮޑީބިލްޑަރުން ހޯދި ރަންމެޑަލްއަކީ އެދާއިރާގެވެސް ފުރަތަމަ ރަން މެޑެލްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ އަދަދު އިތުރު ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި، މީގެ ކުރިން ރާއްޖެއިން ބޭރުގައި ތަމްރީނު ހެދުމަށް އެތްލީޓުންނަށް ނުލިބޭ ފުރުސަތުތައް މި ސަރުކާރުން ހޯދައިދީފައިވާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކުޅިވަރުގެ ބަޖެޓް އިތުރު ކުރެވި، ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކަށް މީގެ ކުރިން ނުކުރާހާ ހަރަދުތައްވެސް ކުރުވުނު ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރުގެ ވަކި ހިސާބަކުން 50 ވަނަ ބޮޑު ފުޓުބޯޅަ ދަނޑު ރާއްޖޭގައި އެޅޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި 85 ދަނޑުގެ މަސައްކަތް ކުރެވެމުންދާކަމަށް މަހުލޫފް ވިދާޅުވިިއިރު 15 ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ނިމި، 50 އަށްވުރެ ގިނަ ރަށުގައި ވޮލީކޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާކަަމަށް މަހްލޫފް ވިދާޅުވިއެވެ.

ފަސް ޓެނިސް ކޯޓުގެ އެރީނާގެ ބިންގާ އަޅައި މި މަހުގެ 22 ވަނަ ދުވަހު މަސައްކަތް ފެށިގެން ދާނެ ކަަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރާ، ސިންތެޓިކް ޓްރެކްތަކާއި، ޓޭބަލް ޓެނިސް ސެންޓަރާއި، ބާސްކެޓްބޯޅަ އެރީނާ، ވޮލީބޯޅަ ޓްރެއިނިން ސެންޓަރު، އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ