
ޖަލަކަށް މަސްތުވާތަކެތި ވައްދަން ބޭނުންކުރި ކޮތަރެއް އަތުލައިގެންފި
pigeon-wearing-backpack copy
ބްރިޓިޝް ކޮލަމްބިއާގެ ޖަލަކަށް، މަސްތުވާތަކެތި ވައްދަން، ބޭނުންކުރި ކޮތަރެއް އަތުލައިގެންފިއެވެ.

މި ކޮތަރު އަތުލައިގެންފައިވަނީ އެސަރަހައްދުގެ އެހެން ޖަލަކަށް ކޮތަރެއް ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކޮތަރެއް އަތުލައިގަތްތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ. ރިޕޯޓުތައް ބުނާގޮތުގަ އެފަހަރު އަތުލައިގަނެވުނު ކޮތަރުގެ ބެކްޕެކް އިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތް އެވެ.
ޔޫނިއަން ފޮރ ކެނެޑިއަން ކަރެކްޝަނަލް އޮފިސަރުންގެ ޕެސިފިކް ރީޖަނަލް ޕްރެސިޑެންޓް ޖޯން ރޭންޑެލް އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ޖަލު އޮފިސަރުންނަށް ބެކްޕެކެއް އަޅައިގެން އުދުހެމުންދިޔަ ކޮތަރެއް ފެނި އެކޮތަރު ހިފާފައިވާ ކަމަށެވެ.
އެގޮތުން އެ ކޮތަރު ހިފައި ބެލިއިރު އޭގެ ބެކްޕެކްގައި މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށާއި، ބެލެވޭ ގޮތުގައި އެއީ މަސްތުވާތަކެތި ޖަލަށް އެތެރެކުރުމަށް ތަމްރީނުދެމުންދިޔަ ކޮތަރެއް ކަމަށެވެ.
މިގޮތަށް ކޮތަރު ބޭނުންކޮށްގެން ޖަލުތަކަށް މަސްތުވާތަކެތި އެތެރެކުރުމަކީ އާންމު ކަމެކެވެ. އެއީ ކޮތަރަކީ ދިގު ރާސްތާއަކަށް ދަތުރުކޮށް އެނބުރި ފޮނުވާ ފަރާތަށް އައުމުގެ ކުޅަދާނަކަށް ލިބިފައިވާ ދޫންޏެކެވެ.