logoEN
Sto top
ރައީސް ނަޝީދު މެދުވެރިވެގެން ގާސިމް އަޅުގަނޑު އަތުން ނެންގެވި 11 މިލިއަން ކީއްވެ ނުދިނީ - ޖާބިރު

ރައީސް ނަޝީދު މެދުވެރިވެގެން ގާސިމް އަޅުގަނޑު އަތުން ނެންގެވި 11 މިލިއަން ކީއްވެ ނުދިނީ - ޖާބިރު

އައިޝަތު އިފާޝާ

logo

2/28/2023, 12:08:30 PM

Jabir

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މެދުވެރިވެގެން ޤާސިމް އިބްރާހިމް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން ނަންގަވާފައިވާ 11 މިލިއަން ރުފިޔާ ނުދީގެންް އުޅެނީ ކީއްވެތޯ ޖާބިރު ސުވާލުކުރައްވައިފިއެވެ.

Wamco

ޖާބިރު މިފަދައިން ސުވާލުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް ސޯލިހު މެދުވެރިވެގެން އެމަނިކުފާނު އަތުން ގާސިމް ނަންގަވާފައިވާ 11 މިލިއަން ރުފިޔާ ނުދީގެން އުޅެނީ ކީއްވެގެން ކަމަށެވެ.

އަަޅުގަނޑު ސިއްރު ވާހަކައެއް އިއްޒަތްތެރި ރައީސަށް ދަންނަވާލަން ބޭނުންވޭ. ވަރަށް ގާސިމާ އެއްކޮށް ތިޔަ އުޅުއްވަނީ. އަޅުގަނޑު އަތުން ގާސިމް ނަންގަވާފައިވާ އެގާރަ މިލިއަން ރުފިޔާ، މަނިކުފާނުވެސް މެދުވެރިވެގެން، ރައީސްވެސް މެދުވެރިކޮށް ނެގި ލާރި ކީއްވެހޭ ނުދިނީ؟. އެއީ ރައީސްއާ މިހާރު ވަރަށް ގާތުން އުޅުއްވާތީވެ. ތިހާ ކައިރިން އުޅޭއިރު ދަންނަވާލެވޭނެތާ ގާސިމަށް. އަޅުގަނޑު ދަންނަވާލުމުން އަޑެއް ނީވުނު." މެމްބަރު ޖާބިރު ވިދާޅުވިއެވެ.

މެެމްބަރު ޖާބިރުގެ އެވާހަފުޅު މެދުކަނޑާލައްވަމުން ރަައީސް ނަޝީދު ވަނީ، ވާހަފުޅު ދައްކަވާއިރު އަމިއްލަ މަސްލަހަތާ ގުޅޭ ކަންކަމުގެ ވާހަކަ ދެއްކެވުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އަމިއްލަ މަސްލަހަތުތަކުގެ ވާހަކަ ޝަރުއީ ކޯޓުތަކުގައި ކުރިއަށް ގެންދެވުމަށް ޖާބިރަށް ރައީސްް ނަޝީދު ވަނީ ލަފާދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside