![ބަޖެޓަށް ފައިސާ ހޯދަނީ ޒުވާނުން ޖޫރިމަނާކޮށްގެން - އެމްޕީ ހުސެއިން](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2FB5mLJMNVwIdIOGJ8sdIA1HnI2RZAAQK5dUPxZB2c.jpeg&w=3840&q=75)
ބަޖެޓަށް ފައިސާ ހޯދަނީ ޒުވާނުން ޖޫރިމަނާކޮށްގެން - އެމްޕީ ހުސެއިން
B5mLJMNVwIdIOGJ8sdIA1HnI2RZAAQK5dUPxZB2c
ބަޖެޓަށް ފައިސާ ހޯދަނީ ޒުވާނުން ޖޫރިމަނާ ކޮށްގެން ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ސެމްބެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ މި ސަރުކާރު ހޯދަނީ ޒުވާނުންގެ ސައިކަލުތައް ޖޫރިމަނާކޮށް ފެލައިގެން ކަމަށެވެ. އަދި ޒުވާނުން ބޭނުންވަނީ ވަޒީފާ ކަމަށާއި ވިޔަފާރިކުރާނެ ފައިސާ ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވިފައި ނުވާކަން ފާހަކޮށް ސެމްބެ ވަނީ އެހެންކަމުން ޒުވާނުންނަށް ސަރުކާރުން ކޮށްދެވޭނީ ކޮން ހެޔޮކަމެއްތޯ ބުނެ ސުވާލު އުފައްދަވާފައެވެ.
ސެމްބެ މިހެން ވިދާޅުވިއިރު ކޮވިޑް-19 އާ ގުޅިގެން 31 ޖެނުއަރީއިން ފެށިގެން 8 ފެބްރުއަރީއާ ހަމައަށް 1551 ފަރާތެއް މާސްކު ނާޅާ އުޅުމުގެ ސަަބަބުން ޖޫރިމަނާކޮށްފައިވާއިރު ކާފިއު ގަޑީތަކުގެ ގައިޑްލައިނާއި ހިލާފުވި 988 ފަރާތެއް ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވި 271 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެކަނި މި ޖޫރިމަނާތަކުން، 3 މިލިއަން ރުފިޔާ އާއި ގާތްކުރާ ވަރަށް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އަދި މީގެ އިތުރުންވެސް ޕާކް ކުރުން މަނާ ތަންތަނުގައި ބަހައްޓާފައިވާ އުޅަނދުތައްވެސް ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.