logoEN
Sto top
ތިނަދޫގައި އިމާރާތްކުރާ ރޯހައުސްގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރ އާއި ސައިޓް ހަވާލުކޮށްފި

ތިނަދޫގައި އިމާރާތްކުރާ ރޯހައުސްގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރ އާއި ސައިޓް ހަވާލުކޮށްފި

އައިޝަތު އިފާޝާ

logo

2/13/2023, 4:52:48 PM

329891918_3271304486513485_8869867831160049762_n

ގދ ތިނަދޫގައި އިމާރާތްކުރާ ރޯހައުސްގެ މަަަސައްކަތް ފެށުމަށ،ް ކޮންޓްރެކްޓަރ އާއި ސައިޓް ހަވާލުކޮށްްފިއެވެ.

Wamco

ތިނަދޫގައި އަލަށް ހިއްކި ސަރަހައްދުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 200 ރޯހައުސްގެ މަސައްކަތްް ހަވާލުކޮށްފައިވަނީ ސްރީލަަންކާގެ ކުންފުންޏެއް ކަމަށްވާ ސިއެރާ ސްޓަރ ޖޭވީ ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 18 މަސްދުވަސްތެރޭގައި މަަސައްކަތް ނިންމެވުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ސިއެރާ ސްޓާ ޖޮއިންޓް ވެންޗަރ އާއި ޕްލޭނިންގެ މިނިސްޓްރީއިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

މި މަޝްރޫޢޫގައި ހިމެނެނީ 200 ހައުސިންގ ޔުނިޓްގެގެ ތެރެއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ އެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެވެ.

މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެ އެވެ. އަދި ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއްވެސް ގާއިމްކުރެވިގެންދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside