![ބިޓްކޮއިންގެ އަގު 45000 ޑޮލަރަށް ވުރެ މައްޗަށް](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2Fbtc-rising-40-percent.jpg&w=3840&q=75)
btc-rising-40-percent
2010 ވަނަ އަހަރު ލާޒްލޯ ކިޔާ ފްލޮރިޑާ މީހަކު، ކެލިފޯނިއާގައި ހުރި އޭނާގެ ރަހުމަތްތެރިއަކަށް 2 ޕިއްޒާ ގަންނަން ހަރަދު ކުރީ 30 ޑޮލަރެވެ. އެހެން ނަަމަވެސް ހަމަ އެ ދެ ޕިއްޒާ މިހާރު ގަންނަ ނަމަ އެއަށް ހޭަދަވާނީ 600 މިލިއަން ޑޮލަރެވެ. ސަބަބަކަށް ވަނީ ލާޒްލޯ އެ ޕިއްޒާތައް ގަނެފައި ވަނީ ބިޓްކޮއިން ބޭނުން ކޮށްގެން ކަމަށްވާތީއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
2008 ވަނަ އަހަރު ދައުރުވާން ފެށި ބިޓްކޮއިން، އެންމެ ބިޓް ކޮއިންއެއްގެ އަގު މިހާރު 45 ހާސް ޑޮލަރުން މައްޗަށް ގޮސްފައިވާއިރު ބިޓްކޮއިން އުފެއްދި ކަމުގައި ގިނަ ބަޔަކު ދެކެމުން އައީ ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކު ކަމަށް ދެކެވުނަށް އޭނާ ވަނީ އެ ހުރިހާ ތުހުމަތެއްވެސް ދޮގުކޮށްފައެވެ.
2008ގައި މި ކްރިޕްޓޯ ކަރަންސީގެ ޕޭޕަރު އާންމު ވުމާއެކު އީލޮންގެ ކަމެއް ކަމުގައި ގިނަ ބަޔަކު މިކަން ދެކެން ފެށީ ސްޕޭސް އެކްސްގައި ކުރިން މަސައްކަތް ކުރި ސާހިލް ގުޕްތާ ކިޔާ މީހަކު އާންމުކުރި މައުލޫމާތު ތަކަކަށް ބަލާފަ އެވެ. ސާހިލް ބުނެފައިވަނީ ބިޓްކޮއިން އުފެއްދީ އީލޮން ކަމުގައި ބެލެވެނީ އޭނާއަކީ އިކޮނޮމީ ރަނގަޅަށް ދަންނަ ކްރިޕްޓޯގްރަފީ އާއި ކޯޑިންގައި ފިސާރި ކުރީގައި އުޅޭ މީހެއް ކަމުގައި ވާތީ ކަމަށެވެ.
އެހެންނަމަވެސް، އީލޮން މަސްކު ވަނީ ހޯމަދުވަހު 1.5 ބިލިއަން ޑޮލަރުގެ ބިޓްކޮއިން ގަނެފައި ވާކަން އިއުލާނުކޮށްފައެވެ. އެއީ ޖުމްލަ 33500 އަށް ވުރެ ގިނަ ބިޓްކޮއިން އެވެ. އީލޮން ކުރި މި އިންވެސްޓާއި އެކު ދުނިޔޭގެ ބާޒާރުގައިވެސް ބިޓްކޮއިން ގެ އަގު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މައްޗަށް ޖެހިލާފައިއެވެ. އެގޮތުން ބިޓްކޮއިންގެ އަގު 10 % މައްޗަށް ވަގުތުން ޖެހިލިއެވެ. މީގެ އިތުރުންވެސް އީލޮންގެ ކުންފުނި ޓެސްލާއިން ކްރިޕްޓޯ ކަރަންސީ އިން ފައިސާގެ މުއާމަލާތް ބޭނުން ކުރަން އަވަސް މުސްތަޤުބަލެއްގައި ފެށިގެންދާނެކަމަށް މިވަނީ ބެލެވިފައެވެ.
ބިޓް ކޮއިން އަކީ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ނުފޯރާ، ދައުރުވަމުން އަންނަ އެތައް ކްރިޕްޓޯ ކަރަންސީއެއްގެ ތެރެއިން އެއް ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިން އެއްގެ އަގު 2008ގައި އުޅުނީ ގާތްގަނޑަކަށް އެންމެ ހަ ޑޮލަރަށެވެ. ނަމަވެސް މިހާރު އެންމެ ބިޓް ކޮއިނެއްގެ އަގު 45 ހާސް ޑޮލަރަށް އަރާއިރު ދިވެހި ރުފިޔާއިން ބަލައިފިނަމަ މިއީ އެންމެ ބިޓްކޮއިނަކީ 6ލައްކައަށްވުރެ ގިނަ ރުފިޔާ އެވެ.