
ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާއިން ހަފަހައްޓައިފި
317646_3_0653c23a0ce6112478f5baad3c0fe8abe6d2db98_large
ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ސަމަދު ގެންދިޔައީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓަ އެވެ. އަދި ސަމަދުބެ ގެންގޮސްފައިވަނީ އެއާޕޯޓަށް ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
ސަމަދު ހިފެހެއްޓި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު ސަމަދުގެ އާއިލާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހިފެހެއްޓީ ޕާސްޕޯޓުގައި މައްސަލައެއް އޮތް ކަމަށް ބުނެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ދިވެއްސަކު ހިފަހައްޓައިގެން އުޅޭ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެރި އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ.



