logoEN
Sto top
ޕެސިފިކް ކަނޑަށް ބާރުގަދަ ދެ ބިންހެލުމެއް

ޕެސިފިކް ކަނޑަށް ބާރުގަދަ ދެ ބިންހެލުމެއް

އަހުމަދު ޝުރާއު

logo

2/10/2021, 11:16:00 PM

1a6c82e7-a220-416f-89ca-d0bf27b2dd6b_169

ޕެސިފިކް ކަނޑުގެ ސަރަހައްދަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފިއެވެ.

Wamco

ބާރުގަދަ މި ދެ ބިންހެލުމާއި ގުޅިގެން އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައިއެވެ. މިއާއި އެކު އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަށް މިހާރު ވަނީ އެލާޓަށް ގެނެވިފައިއެވެ. އޮސްޓްރޭލިއާގެ އިތުރުން ނިއުޒިލެންޑް ސަރަހައްދަށާއި ފިޖީއަށް ވެސް ވެސް ވަނީ ސުނާމީގެ އިންޒާރު ދީފައި އެވެ.

އޮސްޓްރޭލިއާ ކައިރިއަށް އައި މި ބިންހެލުންތަކުގެ ތެރެއިން ފުރަތަމަ ބިންހެލުމުގެ މާރުމިނުގައި ރިކްޓަރ މިންގަނޑުން 5.6 ރިކޯޑްކުރެވިފައިވެއެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން އުފެދުނު ދެވަނަ ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުންތަކާ ގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ދީފައިވާއިރު، ކަނޑުގެ ލޮނުގަނޑުގެ އުސްމިންތަކަށް އަންނަ ބަދަލުތަކަށް ބަލައި، ސުނާމީއެއް އެރުން ވަރަށް އެކަށީގެންވާކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

އޭގެ އިތުރުން، މޫދާއި ކަނޑުގެ ސަރަޙައްދާ ވީހާވެސް ދުރަށްގޮސް، ރައްކާތެރި ހިސާބުތަކަށް ދިއުމަށް ގޮވާލާފައިވާއިރު، މިވަގުތު ސުނާމީގެ އިންޒާރު ނެރިފައިވަނީ ނިއު ކެލެޑޯނިއާއާ ކައިރި ސަރަޙައްދުތަކަށެވެ. އަދި އޮސްޓްރޭލިއާގެ މައި ސްޓޭޓުތަކަށް އަދި ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެވެ.

ނިއު ކެލެޑޯނިއާގެ ލޯޔަލްޓީ އައިލެންޑްސްއަކީ އޮސްޓްރޭލިއާގެ މައި ބިމާއި 1800 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside