logoEN
Sto top
އުފާވެރި ގައުމަކަށް، ގައުމު ހެދޭނީ ރައްޔިތުން ގޮވައިގެން ހިންގޭނެ ވެރިކަމެއް އޮވެގެން - އިމްރާން

އުފާވެރި ގައުމަކަށް، ގައުމު ހެދޭނީ ރައްޔިތުން ގޮވައިގެން ހިންގޭނެ ވެރިކަމެއް އޮވެގެން - އިމްރާން

އައިޝަތު އިފާޝާ

logo

2/6/2023, 9:28:55 PM

big_gxIavLjlUzylPtBjUlkB6aTok_imran

އުފާވެރި ޤައުމަކަށް، ޤައުމު ހެދޭނީ ރައްޔިތުން ގޮވައިގެން ހިންގޭ ވެރިކަމެއް އޮވެގެން ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Wamco

ވެރިކަމުގެ ހަތަރު ފާއިތުވެދިޔަ ހަތަރު އަހަރުގައި ރައީސް ޞާލިހު ޤައުމުގެ ހަމަޖެހުން ގާއިމްކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް ތައުރީފް ކުރައްވައި މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއްބައިވަންތަކަމާއިއެކު ހަމަޖެހޭ ތަނަވަސް އުފާވެރި ޤައުމަކަށް ޤައުމު ހެދޭނީ އެމަގުން ރައްޔިތުން ގޮވައިގެން ހިންގޭ ވެރިކަމެއް އޮވެގެން ކަމަށެވެ.

ރައީސް ޞާލިހު ވަނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެކަން ސާބިތުކޮށްދެއްވާފައިކަމަށް ވެސް އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ ހަމަޖެހުން ގާއިމް ކުރުމުގައި އެއްބައިވަންތަކަމާއި، މަޝްވަރާގެ މަތީން ކަންކަން ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުމަކީ އެއްވެސް ހާލެއްގައި އެމީހަކަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްވާންޖެހޭ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވީ ހަތަރު އަހަރުގައިވެސް އެންމެ އިސްކަންދެއްވި އެއްކަމަކީ ތަފަތުކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަން ދަމަހައްޓާނީ ކޯލިޝަނެއްގެ ތެރެއިން އެއްބައިވަންތަކަމާއި އެކުގައިކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީތަކާއި މަޝްވަރާ ކުރައްވައި އެމަގުން ކުރިއަށް ދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside