logoEN
cocacola
''ކޮރޯނާވައިރަސް އަކީ ވޫހާންގެ ލެބޯރަޓަރީއަކުން ލީކްވި އެއްޗަކަށް ވުން ވަރަށް ނާދިރު'' - ޑަބްލިޔުއެޗުއޯ

''ކޮރޯނާވައިރަސް އަކީ ވޫހާންގެ ލެބޯރަޓަރީއަކުން ލީކްވި އެއްޗަކަށް ވުން ވަރަށް ނާދިރު'' - ޑަބްލިޔުއެޗުއޯ

އަހުމަދު ޝުރާއު

logo

2/10/2021, 12:36:06 PM

WHO team at a news conference in Wuhan

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަކީ ވޫހާންގައި ހުންނަ ލެބޯރަޓަރީން ލީކްވި އެއްޗަކަށް ވުން ވަރަށް ނާދިރު ކަމަށް ޑަބްލިޔުއެޗުއޯ އިން ބުނެފި އެވެ.

ގޮސިޔާ

ޑަބްލިޔުއެޗުއޯގެ ތަޖުރިބާކާރުންގެ ޓީމެއް ވޫހާންގެ ލެބަށް ޒިޔާރަތްކޮށް ހެދި ދިރާސާތަށް ބުނާގޮތުން ނަމަ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަކީ ވޫހާންގައި ހުންނަ ލެބޯރަޓަރީން ލީކްވި އެއްޗަކަށް ވުން ވަރަށް ނާދިރުކަމަށާއި އެންމެ ކައިރީ ޖަނަވާރެއްގެ ފަރާތުން އިންސާނުންގެ ތެރޭގައި ފެތުރެން ފެށުން ކަމަށް، ޑަބްލިޔުއެޗުއޯއިން ހެދި ދިރާސާތަކުން ދައްކާކަމަށް ބޭރުގެ ރިޕޯޓުތަށް ބުނެއެވެ.

ޗައިނާގައި ހަރަކާތްތެރިވަމުން އަންނަ ޑަބްލިޔުއުޗުއޯގެ ޓީމުގެ އިސް ވެރިޔާ އަދި ކާނާގެ ރައްކާތެރިކަމާ ބެހޭ ދާއިރާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޕީޓާ ކޭ ބެން އެމްބަރެކް ވިދާޅުވީ ވައިރަސް އުފެދުނު ގޮތް ދެނެގަތުމުގެ މަސައްކަތުގައި މިހާތަނަށް މަގު ދައްކައިދެނީ އެކަން ފެށުނީ ގުދުރަތީ މާހައުލަކުން ކަމަށެވެ. އަދި އެ ސިޓީގައި ހުރި ލެބޯރަޓަރީން ވައިރަސް ބޭރުވެދާނެ ކަމާ މެދު ކުރާ ލަފާތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

undefined

ޗައިނާ ސަރުކާރުން ބުނަމުން އަންނަނީ ވައިރަސް ގުޅިފައި އޮތީ ބޭރުގެ ގައުމަކާ ކަމަށެވެ. އެގޮތުންޑަބްލިޔުއުޗުއޯގެ ޓީމާއި އެކު ހަރަކާތްތެރިވާ ޗައިނާ ސަރުކާރުގެ އޮފިޝަލުން ބުނާގޮތުގައި ދިރާސާ އަމާޒުކުރަން ޖެހޭނީ ޗައިނާއިން ބޭރަށް ކަމަށެވެ.

ކޮރޯނާވައިރަސް އަކީ ޗައިނާގެ އުފެއްދުމެއް ކަމަށާއި އަދި ވޫހާންގައި ހުންނަ، ނުރައްކާތެރި ވައިރަސްތަކުގެ ދިރާސާކުރާ ހާއްސަ ލެބޯރަޓަރީން ލީކްވި އެއްޗެއްކަމަށް ބުނެ ޗައިނާއަށް އެންމެ ގަދައަށް ތުހުމަތުކުރެއެއްވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެވެ. އެހެން ނަމަވެސް ޗައިނާ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައިއެވެ.

ޑަބްލިޔުއެޗުއޯގެ ތަޖުރިބާކާރުންގެ ޓީމަކަށް ވޫހާންގެ ލެބަށް ޒިޔާރަތްކޮށް، ފުރަތަމަ ކޮވިޑް ފެތުރުނު ގޮތުގެ ލަފާކުރުންތަކުގެ ދިރާސާތަކަށް ޗައިނާ ސަރުކާރުން ހުއްދަދިނީ ދާދި ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ