logoEN
Sto top
މުޖުތަމައު ތެރެއިން ބަލި ފެނުމާއި އެކު އައްޑޫއާއި ފުވައްމަލުގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

މުޖުތަމައު ތެރެއިން ބަލި ފެނުމާއި އެކު އައްޑޫއާއި ފުވައްމަލުގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

އަހުމަދު ޝުރާއު

logo

2/10/2021, 3:26:20 PM

fuvahmulah-harbour-and

ރެންޑަމް ސާމްޕަލްތަކެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފި އެވެ.

Wamco

އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް 49 ފަރާތެއް ވަނީ ފައްސިވެފައެވެ. އަދި ފުވައްމުލައް ސިޓީއިން އިއްޔެ ވަނީ ރެންޑަމް ދެ ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއާއި އެކު އައްޑޫ ސިޓީގައި ކާފިއު ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ. އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަަނާކޮށްފައިއެވެ. މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި،. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެޗްޕީއޭއިން ނެރުނު ލިޔުމުގައި ވަނީ ބުނެފައިއެވެ. މީގެއިތުރުން ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. ރެސްޓޯރެންޓުތަކާއި ހޮޓާތަކާއި ކެފޭތަކުގެ ހިދުމަތް ހުއްޓާލިކަމުގައި ވިޔަސް ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ވަނީ އެޗްޕީއޭއިން ދީފައިއެވެ.

ފުވައްމަލައް ސިޓީގެ މުޖުތަމައު ތެރެއިން ބަލި ފެނުމާއި އެކު ވަކި ގޮތެއް އަންގަންދެން އެސިޓީގައި ގާއިމު ކޮށްފައިވާ އޮފީސްތައް ބަންދުކޮށް، ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ/ ޑެލިވަރީގެ ހިދުމަތް ފިޔަވައި އާންމުންނަށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުމަށް ފުވައްމަލައް ސިޓީގެ ކައުންސިލުން ވަނީ ނިންނާފައިއެވެ. މީގެ އިތުރުން ޒަރޫރީ ބޭނުމަށް ނޫނީ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި ގެއިން ބޭރަށް ނުނިކުތުމާއި ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާއްމު މައިޒާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުމާއި ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުމަށް ވެސް ވަނީ އަންގާފައިއެވެ. އަދި ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމާއި ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ އިތުރުން ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އަންގާފައިއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއިން ކޮވިޑަށް ފައްސިވި މީހުންގެ ގިނަ ކޮންޓެކްޓްތަކެއް ހުރި ކަމަށް މިދެސިޓީގެ ކައުންސިލްތަކުން ވަނީ މައުލޫމާތުދީފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside