
ފިޔޯރީ އަދި މަޑަވެލީގައި އަައިސްޕްލާންޓް އެޅުމަށް ފެނަކައާ ހަވާލުކޮށްފި
FntDTwgagAEIknK
ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސްޕްލާންޓް އެޅުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިމަޝްރޫއުތައް ފެނަކައާ ހަވާލުކޮށްފައިވަނީ މިއަަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްްގައެވެ. މިމަޝްރޫއު ފެނަކައާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނެވެ.
މިމަޝްރޫއުގެ ދަށުން މަޑަވެލި އަދި ފިޔޯރީގައި، 25 ޓަނުގެ އައިސް ޕްލާންޓެއް، 50 ޓަނުގެ ސްޓޯރޭޖާއެކު ގާއިމުކުރުމަށް މިއެއްބަސްވުމުގެ ދަށުން ވަނީ ފެނަކައާ ހަވާލުކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރުގައި މަސްްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމާއި މަސްނުކިރޭ މައްސަލައަކީ ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
އެކަމާއި ގުޅިގެން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދުމާއި މަސް ކިރުވޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވަޢުދުފުޅެކެވެ.