![ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނަން - ރައީސް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F01%2Fphoto_2023-01-20_21-42-37.jpg&w=3840&q=75)
ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނަން - ރައީސް
photo_2023-01-20_21-42-37
އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިއަދު ބޭއްވުނު އެމްޑީޕީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އުފާ ފާޅުކުރުމަށް އެ ޕާޓީގެ އާއްމު މެމްބަރުންނާއެކު މިރޭ އެމްޑީޕީ ހަރުގޭގައި ބައްދަލުކުރައްވައި ރައީސް ސާލިހު ވިދާޅުވީ، މިއަދު ކާމިޔާބުކުރެއްވި ރިޔާސީ ޕްރައިމަރީއަށްވުރެ މާ ފަސޭހައިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.
ރައީސް ސާލިހު އިތުރަށް ވިދާޅުވީ، ގުޅިގެން ރިޔާސީ އިންތިޚާބު ކާޟިޔާބުކުރެއްވުމަށް ވާދަވެރިންނަށް ގޮވާލައްވާ ކަމަށެވެެ. އެގޮތުން އެމްޑީޕީ ކުރިއަށް ގެންދިޔުމުގައި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްވަނީ ވާދަވެރިންނަށް ދައުވަތު ދެއްވާފައެވެ.
އެމްޑީޕީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާ ވާދަކޮށް ރައީސް ސާލިހު ރިޔާސީ ޓިކެޓް ހޯއްދެވީ 62 ޕަސެންޓު މެމްބަރުންގެ ތާއީދާ އެކުގައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހު ކާމިޔާބުކުރެއްވުމާއި ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.