logoEN
Sto top
މިއީ ގޮދަނޑީގެ ސްޕޮންޖް ކެއުމަށް ދެވިހިފާފައި ހުންނަ މީހެއް

މިއީ ގޮދަނޑީގެ ސްޕޮންޖް ކެއުމަށް ދެވިހިފާފައި ހުންނަ މީހެއް

އައިޝަތު އިފާޝާ

logo

1/27/2023, 8:00:20 PM

resize copy

ގޮނދަނޑީ ކެއުމަށް ދެވިހިފާފައި ހުންނަ މި އަންހެންް މީހާ އެންމެފަހުން އޭނާގެ މަންމަގެ އެނދުގެ ގޮނދަޑި ކާލައިފިއެވެ.

Wamco

ޖެނިފާ ނަމަކަށް ކިޔާ މި އަަންހެން މީހާ ކިޔައިދިން ގޮތުގައި، އޭނާގެ މި އާދަޔާޚިލާފު އެޑިކްޝަންގެ ސަބަބުން ކޮންމެ ދުވަހަކުވެސް އަކަފޫޓެއްގެ ގޮދަނޑި ކެވޭ ކަމަށެވެ. އަދި އޭނާގެ އަމިއްލަ ގޮދަނޑިތައް ހުސްކުރުމަށްފަހު އޭނާގެ މަންމަގެ ގޮދަނޑިވެސް ކާލެވުނު ކަމަށްް އޭނާ ބުންޏެވެ.

އޭނާ ބުނީ ގޮދަނޑި ކެއުމުގެ ސަބަބުން އޭނާއަށް ކުރިމަތިވަނީ އެންމެ އުނދަގުލަކާ ކަމަށެވެ. އެއީ ގޭސްޓްރިކްގެ އުނދަގޫ ކަމަށެވެ. އަދި އޭނާ ކައިއުޅޭ ގޮދަނޑި ހަށިގަނޑަށް ވަދެފައި ހަޖަމްވެގެން ދާކަމަށް އޭނާ ބުނެފައިވެއެވެ.

ޖެނިފާ ބުނި ގޮތުގައި އޭނާ ގޮދަނޑި ކެއުމަށް ދެވިހިފީ އުމުރުން އެންމެ ފަސް އަހަރުގައި ކަމަށެވެ. އަދި އެންމެ ފުރަތަމަަ ކާން ފެށީ އެމީހުންގެ ކާރުގެ ސީޓުތަކުގެ ސްޕޮންޖު ކަމަށެވެ. އޭނާއަށް މިކަމުގެ ސަބަބަން މާ ބޮޑު ސިއްހީ މައްސަލަތަކެއް ކުރިމަތިނުވާކަމަށްވެސް އޭނާ ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside