logoEN
ޕީއެންސީ 2
އައްޑޫ ސިޓީ ހިތަދޫން 500 ގޯއްޗަށް ހުޅުވާލައިފި

އައްޑޫ ސިޓީ ހިތަދޫން 500 ގޯއްޗަށް ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

1/26/2023, 6:30:36 AM

671597BB-536D-4E13-809A-2A1C810B2DA2

އައްޑޫ ސިޓީ ހިތަދޫ އިން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން މިރޭ ހުޅުވާލައިފި އެވެ.

ޝަރީ 2024

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 500 ގޯއްޗެވެ. އެއީ ހިތަދޫ ރައްޔިތުންނަށް 450 ގޯތި އަދި ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކެވެ.

ގޯއްޗަށް އެދޭ ފޯމު އަންނަ މަހުގެ 23 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ އަށެވެ. ފޯމު ބަލައިގަންނާނީ ހިތަދޫ އަވަށު އޮފީހުންނެވެ.

ގޯއްޗަށް އެދި ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ފޯމުގެ އަސްލެވެ.

އައްޑޫ ކައުންސިލުން މީގެކުރިން ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ 500 ގޯއްޗަށް ވެސް ފުރުސަތު ހުޅުވާލާފަ އެވެ. ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ