
ކައިލީ ލައިގެން ހުރި ހެދުމެއްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ
New Project (54)
ކައިލީ ޖެނާ ލައިގެން ހުރި ހެދުމަކާއި ގުޅިގެން އޭނާއަށްް ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުން އަމާޒުވެއްޖެއެވެ.

ކައިލީ ޖެނާ ވަނީ ޝޯވް އެއްގެ ތެރެއިން މި ހެދުން ލައިގެން ގޮސްފައެވެ. މިހެދުމާއި ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް ކެމްޕެއިން ކުރާ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
އެމީހުން ވަނީ އެގޮތަށް ޖަނަވާރުތައް ސިފަވާ ގޮތަށް ހެދުން ފަރުމާ ކުރުމަކީ ޖަނަވާރު މެރުމަށް ބާރުއެޅުން ފަދަ ކަމެއް ކަމަށްބުނެފައެވެ.
އިޓަލީގެ ފެޝަން ހައުސްގެ އިންފާނޯ ކޫޗާ ލައިންގައި ހިމެނޭ މި އާދަޔާ ހިލާފު ކްލޯތިން ލައިންގައި ޖަނަަވާރުތަކުގެ ބޯ ހިމަނާފައި ވީ ނަމަވެސް އުފެއްދުމުގައި އެއްވެސް ޖަނަވާރަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށް ޑިޒައިނަރު ބުނެފައިވެއެވެ.