logoEN
ކޮކާކޯލާ
ހުޅުމާލޭގައި ހުޅުވާ އައު އޮފީސް އިމާރާތަށް ނަންދިނީ އުމަރު ޒާހިރުގެ ނަންފުޅުން!

ހުޅުމާލޭގައި ހުޅުވާ އައު އޮފީސް އިމާރާތަށް ނަންދިނީ އުމަރު ޒާހިރުގެ ނަންފުޅުން!

ޝައުފާ އިސްމާއިލް

logo

1/23/2023, 10:30:45 PM

big_Y5RHnSms6Kaf3tDEBhf1UD7Qg

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް ޤައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަލްމަރްޙޫމް ނ.އ.އ.ވ ޢުމަރު ޒާހިރުގެ ނަންފުޅުން ނަންދީފިއެވެ.

އަބުޅޯ

އުމަރު ޒާހިރުގެ ނަން ދިން ހުޅުމާލޭގެ އޮފީސް އިމާރާތް އަންނަ މަހުގެ މެދުތެރޭގައި ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ އޮފީސް އިމާރާތް މިހާރު ހުޅުވުމަށް އަމާޒު ހިފާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ. މި އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ. 6 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އަށް އުމްރާނީ ގޮތުން ގެނައި ތަރައްގީގެ ވަރަށް ހިއްސާދާރެކެވެ. ސަރުކާރުގެ އާ އޮފީސް އިމާރަތަށް އެ މަނިކުފާންގެ ނަން ދިން އިރު، އެ މަނިކުފާނު ވަނީ ޑިސެމްބަރު 20، 2021 ގައި އަވަހާރަވެފަ އެވެ.

އުމަރު ޒާހިރު ވަނީ މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި ހޯމް މިނިސްޓަރުކަމާއި ޕަބްލިކް ވާކްސް، މިނިސްޓަރުކަމާއި އޮފް ހޯމް އެފެއާޒް އަދި ސީނިއަ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ