މާމެންދޫ މާރާމާރީ : ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަނީ

ގއ މާމެންދޫގައި ރޭ ހިނގި ގްރޫޕް މާރާމާރީއެއްގައި މާރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަމަށްޓަކައި މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ގާފު އަށް ކަށަވަރުކޮށްދީފައި އެވެ.

އުދައްޔު މަރާލާފައިވަނީ ދެގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި އެވެ. އަދި މި މާރާމާރީގައި އަނިޔާ ލިބުނު އިތުރު ޒުވާނަކަށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުން އަންނަނީ މި މާރާމާރީގައި މަރާލި އުދައްޔުގެ ބޭބެ އަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ވަނީ ތިން މީހާކު ހައްޔަރުކޮށްފައިއެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް