logoEN
ޕީއެންސީ 2
ބާސާގެ އިންތިހާބު އަންނަ އަހަރުގެެ ޖެނުއަރީގައި

ބާސާގެ އިންތިހާބު އަންނަ އަހަރުގެެ ޖެނުއަރީގައި

އަހުމަދު ޝުރާއު

logo

11/14/2020, 9:12:53 AM

Onespace_FCB_01_Uden-2600x1731

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ބާރު ކަމުގައިވާ އެފްސީ ބާސެލޯނާގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު ބާއްވާނެކަމަށް ބާސެލޯނާއިން އިއުލާންކޮށްފި އެވެ.

ޝަރީ 2024

ބާސާގެ ކުރީގެ ރައީސް ޖޯސެފް ބާޓެމޮއު އޮޮކްޓޯބަރު މަހުގެ ފަހުކޮޅު އިސްތިއުފާ ދިނުމާއިއެކު މިވަގުތު ބާސާގެ ހިންގުމާ ހަވާލުވެފައިވާ ވަގުތީ ރައީސް ކާލޮސް ޓުސްކުއެޓްސްއެވެ. އޭނާ މީޑިޔާތަކަށް މައުލޫމާތު ދިންގޮތުގައި އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުން ހަމައެކަނި ބާސާގެ ދަނޑު، ކޭމްޕް ނައުގައި ބޭއްވުމުގެ ބަދަލުގައި އެކި ތަންތަނުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މިއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށްވެސް ކާލޮސް ވަނީ ބުނެފައެވެ.

ލަލީގާގައި އެލްޗޭއާއި ދެކޮޅަށް ބާސާ ކުޅޭ މެޗަކީ ހަފްތާ ބަންދުގައި އަވޭޭގައި ކުޅޭ މެޗަކަށް ވުމުން ވޯޓުލުން އާދިއްތަ ދުވަހު މެޗު ކުޅުނު ކަމުގައި ވީނަމަވެސް އެއްވެސް ބުރޫއެއް ނާރާނެކަމަށްވެސް ކާލޮސް ބުނެފައިވެއެވެ.

ރައީސް ޖޯސެފް މާރިއާ ބާޓެމޮއު އާއެކު އެ ކުލަބުގެ ބޯޑު މެމްބަރުން ކުލަބުން އިސްތިއުފާ ދިނީ ބާޓެމޮއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދި އޭނާ އިސްތިއުފާދިނުމަށް އެދި އެތައް ސަޕޯޓަރުންނެއް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް އެކްލަބަށް ހުށަހަޅާފައެވެ.

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2 ގެ ނަތީޖާއަކުން ބަލިވުމާއި އެ ކުލަބުގެ އެންމެ ބޮޑު އެއް ރައުސުލްމާލު އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަމަށް ބުނުމާއެކު ބާޓެމޮއު އިސްތިއުފާގެ އަޑު ގަދަވެގެން ދިޔައެވެ. އަދި މެސީ ވަނީ ގިނަ ތުހުމަތު ތަކެއް ނުސީދާކޮށް ބާޓެމޮއު ރައްދުކޮށްފައެވެ. ނަމަވެސް ފަހުން މެސީ ވަނީ އެ ވާހަކަތައް އަނބުރާ ގެންގޮސް އިތުރު އެއް އަހަރު ކުލަބުގައި މަޑުކުރަން ނިންމާފައެވެ.

ބާސާގެ ރައީސްގެ މަގާމަށް 5 ފަރާތަކުން މިހާރު ވަނީ ޝައުގެވެރިކަން ފާޅުކޮށްފައެވެ. އޭގެތެެރޭގައި ބާސާގެ ރައީސްކަން ކުރިން ކޮޮށްފައިވާ ޖޯއަން ލަޕޯރޓާ ވެސް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ