މި އަހަރުތެރޭގައި ތިނަދޫގެ ގިނަ މަގުތަކެއް ހެދިގެން ދާނެ – އެމްޕީ ސަނީފް

މި އަހަރުތެރޭގައި ގދ. ތިނަދޫގެ ގިނަ މަގުތަކެއް ހެދިގެން ދާނެ ކަމަށް ތިނަދޫ ދެކުނުދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިނަދޫގެ މަގުތައް ހެދުމަށް ހާއްސަ އަހައްމިޔަތު ކަމެއް ދީގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި އަހަރުތެރޭގައި ތިނަދޫގެ ގިނަ މަގުތަކެއް ހެދިގެން ދާނެކަމީ ރަށުގެ ރައްޔިތުންނަށް ލިބިގެން ދާނެ ހިތްހަމަ ޖެހުމެއްކަމަށް ސަނީފް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

ގދ. ތިނަދޫގެ ތާރު އެޅި މަގުތައް ހަލާކުވެ، ވެލި މަގުތައް އަޑިގުޑަންވުމުގެ ސަބަބުން ތިނަދޫގައި އެއްގަމު ދަތުރުފަތުރުކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީ އެރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންދާކަން ފާހަގަ ކޮށްލެވެއެވެ. އަދި ތިނަދޫގެ 13 މަގެއްގައި މިހާރު ތާރު އަޅާފައިވިޔަސް އެ މަގުތަކުން ފެން ހިންދުމަށް ކަނޑާފައިވާ ކާނުތަކުން މޫދަށް ފެން ބޭރުވާނެ ގޮތެއް ނެތުމުން މަގުތަކުން ފެން ހިންދޭނެ ނިޒާމެއްވެސް ނެތެވެ.

ސަރުކާރުން ހިންގާ މަޝްއޫއުތަކުގެ މައުލޫމާތު ލިބޭ އައިލްސް އިން ހާމަކޮށްފައިވާގޮތުގައި ތިނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް މިވަގުތު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް