
މާރާމާރީގައި އަނިޔާވި ޒުވާނާގެ ހާލު އަންނަނީ ރަނގަޅުވަމުން - ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް
IMG_0820
ގއ މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑީއާ އޮފިސަރ ސާލިމް އަލީ " ގާފު " އަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި އެޒުވާނާ އިތުރު ފަރުވާއަށށް ތިނަދޫއަށް ގެނެވިފައިވަނީ ރޭގެ ދަންވަރު 0330 ހާއިރު ކަމަށާއި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އެހޮސްޕިޓަލުގެ ހައި ޑިޕެންޑެންސް ޔުނިޓު ( އެޗްޑީޔޫ ) ގައި ކަމަށެވެ. އަދި އޭނާ ގެނައި އިރަށް ވުރެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ހާލު އިމްޕްރޫވް ކަމުން އަންނަ ކަމަށް ވެސް ސާލިމް ވިދާޅުވި އެވެ.
ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ގއ މާމެންދޫއަށް އުފަން އުމުރުން 22 އަހަރުގެ ފިރުޝާން ޒާހިރު އަށެވެ. އޭނާ ތިނަދޫއަށް ގެނެސްފައިވަނީ ގއ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހުގައި އިތުރު ފަރުވާ އަށެވެ.
ރޭގެ މާރާމާރީގައި ވަނީ 17 އަހަރުގެ ކުޑަކުއްޖަކު މަރާލާފައިއެވެ. އެއީ ތިނަދޫގައި ފަރުވާ ދެމުން އަންނަ ޒުވާނާގެ ކޮށްކޮ އެވެ.
ފުލުހުންގެ ޚާއްސަ ޓީމެއް މި މައްސަލަ ތަހުޤީޤު ކުރުމަށް ގއ މާމެންދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައާއި ގުޅިގެން 3 ދިވެހިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިއެވެ.