އޭވިއޭޝަނުން ނެރެފައިވާ ބަޔާނަކީ ކަނޑައެޅިގެން ބޮޑު ދޮގެއް – ތިނަދޫ ކައުންސިލްގެ ރައީސް

އައްޑޫ އޭވިއޭޝަން ކްލަސްޓާރ އާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ބަޔާނަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް ވިދާޅުވެއްޖެ އެވެ.

މިއަދު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި އަމްޖަދް ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރ ސޯބެ ދެއްކެވި ވާހަކަތަކާއި ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެފެފައިވާ ބަޔާނަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި ސޯބެ ދެއްކެވީ ރަނގަޅު ވާހަކަ ކަމަށާއި އައްޑޫ ސިޓީއަށް ޓްރެއިނިންގ އަށށް ދިޔަ މުވައްޒިފަކީ ޓެސްޓް ހަދައިގެން ދިޔަ މުވައްޒިފެއް ނޫން ކަމަށެވެ. އަދި އެ މުވައްޒުފު އައްޑޫއަށް ފުރި އިރުވެސް އެމުވައްޒިފު ދިރިއުޅޭ ގޭގައި ކޮވިޑް ކޭސް އެއް އޮތް ކަމަށް ވެސް އަމްޖަދް ވަނީ ވިދާޅުވެފައެވެ.

އަމްޖަދް މިމޭރުމުން ވާހަކަދައްކާފައި މިވަނީ ސޯބެ ދެއްކެވި ވާހަކަތަށް ކުއްވެރިކޮށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއިން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ސޯބު ވަނީ އައްޑޫގައި ބަލި ފެތުރިފައިވަނީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގ އަށް މާލެއިން އައި ބަޔަކާއި ހެދި ކަމަށް ބެލެވޭ ކަމަށް ބުނެފައިއެވެ. ނަމަވެސް އޭވިއޭޝަން ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ދެ މުވައްޒަފުން އައްޑޫ ސިޓީއަށް ދިޔައީ ޕީސީއާރު ޓެސްޓެއް ހަދައި، ނެގަޓިވް ނަތީޖާ ލިބުމަށްފަހުގައި ކަމުގައި ކަމަށެވެ.

އައްޑޫ ސިޓީން ފަހަކަށް އައިސް ގިނަ ފައްސި ކޭސްތަކެއް ފެންނަށް ފެށުމާއި ގުޅިގެން އެ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ. އަދި އައްޑޫ ކްލަސްޓާރ އާއި ގުޅުން ހުރި ދެ މީހަކު ވަނީ ތިނަދޫއިން ފައްސި ވެފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް